ޝްރައްދާ މަރާލީ ކައިވެންޏާއި ގުޅޭ ޒުވާބެއްގައި ނޫން ކަމަށް އާފްތާބު ބުނެފި

މި ހަފްތާގައި އިންޑިއާ ސިއްސުވާލި މަރުގެ މައްސަލައިގަ ހިމެނޭ ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާ މަރާލި ސަބަބު ފުލުހުންނަށް ކިޔައިދީފި އެވެ. އާފްތާބު އަމީން ޕޫނަމްވާލާ ކިޔާ އެ ފިރިހެން މީހާ މަރާލީ ތިން އަ...

17 Nov 2022 | 10:56

މި ހަފްތާގައި އިންޑިއާ ސިއްސުވާލި މަރުގެ މައްސަލައިގަ ހިމެނޭ ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާ މަރާލި ސަބަބު ފުލުހުންނަށް ކިޔައިދީފި އެވެ.

އާފްތާބު އަމީން ޕޫނަމްވާލާ ކިޔާ އެ ފިރިހެން މީހާ މަރާލީ ތިން އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އެއް ގެއެއްގައި އުޅުނު ޝްރައްދާ ވަލްކާ އެވެ. މަރާލުމަށް ފަހު އާފްތާބް ވަނީ ޝަރައްދާގެ ހަށިގަނޑު35 ބަޔަށް ބުރިކުރުމަށް ފަހު އޭގެން18 ބައެއް ޖަންގަލިތަކަށް އުކާފައި އެވެ.

މި މައްސަލަ ފަޅާއެރީ އާއިލާ އާއި ގުޅުން ކަނޑާލުމަށް ފަހު އާފްތާބާއި ގުޅިގެން އުޅޭ ޝަރައްދާގެ ހަބަރެއް ނުވާތާ ހަ މަހަށްވުރެ ގިނަ ދުވަސް ވުމުން އޭނާގެ ބައްޕަ އިންޑިއާގެ މުމްބާއީ ފުލުހަށް މައްސަލަ ހުށަހެޅުމުންނެވެ. މުމްބާއީ ފުލުހުން މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން އެނގުނީ ޝްރައްދާގެ ފޯނު އެންމެ ފަހުން އޮން ކަމަށް ދައްކާފައިވަނީ ވެރިރަށް ދިއްލީގެ އެޕާޓްމެންޓަކުން ކަމެވެ.

މި މައްސަލައިގަ ދިއްލީ ފުލުހުން އާފްތާބު ހައްޔަރު ކުރީ އެގޭ ތެރެއިން ޝަރައްދާގެ ހަށިގަނޑުގެ ބައިތައް ފެނުމުން، ޝަރައްދާގެ ބައްޕަގެ އެދުމުގެ މަތިންނެވެ. އަދި ސުވާލު ކުރުމުން ފުރަތަމަ ޝަރައްދާ މަރާލި ކަމަށް އެއްބަސްވެފައިނުވާއިރު އޭނާ އާއި ދެކޮޅަށް ހެކި ހޯދުމުން އާފްތާބު ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައި އެވެ.

ދިއްލީ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ޝްރައްދާ މަރާލީ އެކަމަށް ރާވާތާ އެތައް ދުވަހެއް ފަހުން ކަމަށް އާފްތާބު ބުނެފައިވާ ކަމަށެވެ. އޭގެ ކުރިން ކޮންމެ ފަހަރަކު މަރާލުމުގެ މަސައްކަތް ހުއްޓާލަނީ ހިތްދަތިވެ ޝަރައްދާދެކެ ވާ ލޯބިން ކަމަށެވެ. ޝަރައްދާ މަރާލީ މިއަހަރުގެ މެއި މަހުގެ18 ވަނަ ދުވަހު އެވެ.

އާފްތާބު ބުނީ ދެ މީހުންގެ ދެމެދުގައި މައްސަލަ ޖެހެން ފެށީ އަބަދު ކައިވެނި ކުރަން ޝަރައްދާ ކިޔާތީ ކަމަށެވެ. އޭގެ ކުރިން އެތައް ފަހަރަކު މަރާލަން މަސައްކަތް ކުރީވެސް އެހެންވެ ކަމަށާއި އެކަމަކު އެންމެ ފަހުން މަރާލީ އެހެން ކަމެއްގައި ކަމަށެވެ.

އެދުވަހު ކަންވީގޮތާއި ގުޅޭގޮތުން އާފްތާބު ފުލުހުންގެ ތަހުގީގު ގައި ބުނީ ދެމީހުން އެ ދުވަހު ޒުވާބު ކުރީ މުމްބާއީގައި ދެމީހުން ދިރިއުޅުނު ގޭގައި ހުރި ސާމާނު ބަލާ ދާނެ މީހަކު ކަނޑަނޭޅިގެން ކަމަށެވެ. އެދުވަހު އެއްވެސް ވަރަކަށް ކައިވެނީގެ ވާހަކަ ނުދައްކާ ކަމަށާއި ދެމީހުން ދެމީހުންނަށްވެސް ހަމަލާދީ އޭނާ އަތުން ޝަރައްދާ މަރުވީ ކަމަށް ބުނެފައިވެ އެވެ.

ޝަރައްދާ މަރާލީ މިދިޔަ ތިން އަހަރު މުމްބާއީގައި ދެމީހުން އެކުގައި ދިރިއުޅުމަށް ފަހު ދިއްލީއަށް ދިރިއުޅުން ބަދަލު ކުރިތާ ހަތަރު ވަނައަށް ވީ ދުވަހު އެވެ.

ޝރައްދާގެ ހަށިގަނޑުގެ ބައިތަކުގެ ތެރެއިން ޖަންގަލިތަކަށް ނޫކާ ބައިތައް ފެނުނީ ދެމީހުން ދިއްލީގައި ދިރިއުޅޭ އެޕާޓްމެންޓުގައި ބަހައްޓާފައި ހުރި ޑީފްރިޖަކުންނެވެ. އާފްތާބު އުލާކި18 ބައިގެ ތެރެއިން ފުލުހުންނަށް އަދި ހޯދިފައިވަނީ ޝްރައްދާގެ13 ވަރަކަށް ކަށިގަނޑު ކަމަށް ބުނެފައިވެ އެވެ.

އެކަށީތައް ވަނީ އޭނާގެ ބައްޕަގެ ޑީއެންއާއި ދިމާވޭތޯ ބަލަން ޓެސްޓުކޮށްފައި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުގައި އާފްތާބު ވަނީ ޝަރައްދާގެ ބޯ ކަނޑާލުމަށްފަހު ޑީފްރިޖުގައި ބާއްވައިގެން މޫނުގައި މޭކަޕުކޮށް ހަދާފައި އެވެ. އެކަމަކު ފުލުހުން ބުނެފައިވާ ގޮތުގައި ޝްރައްދާގެ ބޯ އަދި ނުފެނެ އެވެ.

ޝްރައްދާ މަރާލުމަށް ފަހު، އަފްތާބް ވަނީ ޝްރައްދާގެ ބޭންކް އެކައުންޓުގެ އެޕް ބޭނުންކޮށްގެން 54،000 އިންޑިއަން ރުޕީސްގެ ޓްރާންފާއެއް ހަދައިފަ އެވެ. އަދި އެއްވެސް ކަމެއް ނުވާކަން ދެއްކުމަށް ޝްރައްދާގެ އިންސްޓަގްރާމް އެކައުންޓުން ލޮގިންވެ ޝަރައްދާއަށްވެގެން ޕޯސްޓުތައް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގަ ދިއްލީ ފުލުހުން ބުނީ ޝްރައްދާ މަރާލިތާ މާ ގިނަ ދުވަސްވެފައިވާތީ އެކި ސަރަހައްދުތަކުގެ ސީސީޓިވީ ފުޓޭޖު ބޭނުން ކުރެވޭނެގޮތެއް ނެތް ކަމަށެވެ. އަދި އުކާލި ޝަރައްދާގެ ހަށިގަނޑުގެ ބައިތައް ކައްޓަށް ވެފައި ހުރުމުން ފެންނަ ކޮންމެ ކަށިކޮޅެއް ޑީއެންއޭ ހަދަންޖެހޭ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް