ވޯލްޑް ކަޕް ބަލަން ހުޅުމާލޭ ޓްރެކާއި ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީން ބަހައްޓަނީ

"ބޯޅަ' ފޯރީ" ގެ ނަމުގައި ހުޅުމާލޭގައި ވޯލްޑްކަޕް ބަލަން ބޮޑު ސްކްރީން ބަހައްޓަން ނިންމައިފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ކުންފުނިން އިންތިޒާމް ކޮށްގެން މި ހަރަކާތް ...

17 Nov 2022 | 10:05

"ބޯޅަ' ފޯރީ" ގެ ނަމުގައި ހުޅުމާލޭގައި ވޯލްޑްކަޕް ބަލަން ބޮޑު ސްކްރީން ބަހައްޓަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ކުންފުނިން އިންތިޒާމް ކޮށްގެން މި ހަރަކާތް ކުރިޔަށް ގެންދަނީ ފޭސް އެކަކާއި ދޭއްގައި ކަމަށެވެ. ސްކްރީން ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސިންތެޓިކް ޓްރެކާއި ހިޔާ ފްލެޓުތުައް ސަރަހައްދުގައި އެވެ.

އެޗްޑީސީން ބުނީ އެ ސްކްރީންތައް ބަހައްޓަނީ ގިނަ ފަރާތްތަކަކާއި ގުޅިގެން ކަމަށެވެ. އެގޮތުން މިއަދު ވަނީ ޕާޓްނަރުންނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައި އެވެ.

މިއީ ހުޅުމާލެގެ ފޭސް1 އަދި ފޭސް 2ގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވޯލްޑްކަޕް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބެހެއްޓޭ ސްކްރީންތަކެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމެވެ. އެގޮތުން އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް މި ކޯޕަރޭޝަންގެ ފަރާތުން އަބަދުވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް