މިއީ ދީނަށް ބިރު ބޮޑު، ފާސިގު ހަތަރު އަހަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ހަތަރު އަހަރުން ފުރުން ފާހަގަ ކުރަމުންދަނިކޮށެވެ. މި ސަރުކާރުން ދަނީ ހާސިލްކުރެވިފައިވާ މުހިންމު ކަންކަން ހާމަ ކުރަމުންނެވެ.
ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމަށް ހަތަރު އަހަރުވީއިރު މިއަށްވުރެ ތާކުން ތާކުން ނުޖެހޭ ވެރިކަމެއް ދެކެވަޑައި ނުގެންނަވާ ކަމަށެވެ. އެމަނިކުފާނު މި ހަތަރު އަހަރު ސިފަ ކުރެއްވީ ފާސިގު ހަތަރު އަހަރުގެ ގޮތުގަައި އެވެ.
މިސަރުކާރާއި ގުޅޭގޮތުން ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ދެއްވާނީ ސުމެއް ކަމަށެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ގައުމުގެ ސަރަޙައްދާއި ބިން ވިއްކާލައިފި ކަމަށެވެ.
އަދި ޑިމޮކްރެސީ ނޭވާހޮޅީގައި އޮތް އިރު ގައުމުގެ ކޮރަޕްޝަންގެ ހާލަތު އޮތީ މެދުއުޑުގައި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މި ސަރުކާރުގައި ދީނަށް ބިރުބޮޑުވެ، މުންކަރާތް އާންމުވެފައިވާ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރަށް ހަތަރު އަހަރުވީއިރު މި ސަރުކާރު ވެރިކަމަށް ގެނައީ ޑރ. ޖަމީލް ބުރަ މަސައްކަތެއް ކުރައްވައިގެންނެވެ. އޭރު ޑރ. ޖަމީލް ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް