ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި އުޅުހަކު ސްކޫލް ތިން ޓީޗަރަކު ސަސްޕެންޑުކޮށްފި

އއ. އުކުޅަހު ސްކޫލްގެ ތިން ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ނޫސްވެރިންނަށް ވިދާޅުވީ އެ ތިން ޓީޗަރުން ސަސްޕެންޑު ކުރީ ހިންގަމުންދާ ތަހުގީގަކާއި ގުޅިގެން ...

17 Nov 2022 | 07:41

އއ. އުކުޅަހު ސްކޫލްގެ ތިން ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ނޫސްވެރިންނަށް ވިދާޅުވީ އެ ތިން ޓީޗަރުން ސަސްޕެންޑު ކުރީ ހިންގަމުންދާ ތަހުގީގަކާއި ގުޅިގެން ކަމަށެވެ. އެ ޓީޗަރުން ސަސްޕެންޑު ކުރީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.

މިފިޔަވަޅު އެޅީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީޗަރެއްގެ ވަޒީފާގެ މައިގަނޑު މަސްޢޫލިއްޔަތާއި ޒިންމާއަކީ ގައުމީ މަންޙަޖާއި އެއްގޮތަށް ޙަވާލުކުރެވޭ ކީސްޓޭޖެއްގެ/ގްރޭޑެއްގެ ދަރިވަރުންނަށް ގައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާޞިލްވާނެހެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ.

އެ މުވައްޒަފުންގެ މައްސަލަ ބަލަނީ ދަރިވަރުންނަށް ރާވައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެކަންކަން ކުރުމަށް އިންކާރުކޮށް، އެކަމުގައި ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވެފައިވާތީ ކަމަށް އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ތިން ޓީޗަރުންނަކީ އުކުޅަހު ސްކޫލްގެ ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ޓީޗަރުންނެވެ. އެމީހުން ސަސްޕެންޑު ކުރީ ސްކޫލް ކޮންސެޓަށް ކުދިން ތައްޔާރުކޮށްދޭން ދަރިވަރުންނަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް