ވަށަފަރު ފެރީ ސްޓޮޕް މަސައްކަތް ނިންމައިފި

ހއ. ވަށަފަރު ގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް ނިމިއްޖެ. މިއީ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓިއެލް) ފެރީގެ ހިދުމަތް ދޭއިރު ހުރިހާ ރަށެއްގައި އެޅުމ...

17 Nov 2022 | 06:55

ހއ. ވަށަފަރު ގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް ނިމިއްޖެ.

މިއީ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓިއެލް) ފެރީގެ ހިދުމަތް ދޭއިރު ހުރިހާ ރަށެއްގައި އެޅުމަށް ނިންމާފައިވާފައިވާ ހަޓުތަކެކެވެ. އެކި ރަށްރަށުގައި އަޅަނީ އެކި ފެންވަރުގެ އަދި ތަފާތު ސައިޒުތަކުގެ ހަޓުތަކެކެވެ.

ވަށަފަރު ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާއެއް ހުންނާނެ އެވެ.

ފެރީ ސްޓޮޕްއަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ.

ޒޯން އެކެއްގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ހައި ސްޕީޑު ފެރީގެ ހިދުމަތް ފަށާފައި އެވެ. އަދި މިއަދު ޅ. އަތޮޅުގައިވެސް އެ ހިދުމަތް ފަށާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް