ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުރުމާއި އިދިކޮޅުން ދެކޮޅު ހެދުމުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން އިއްޔެ ފާސްކުރީ55 މެމްބަރުންގެ ތާއީދާއި އެކު އެވެ. އިދިކޮޅު މެމްބަރުންނާއި އެކު ބިލަށް ދެކޮޅު ހެދީ26 މެމްބަރުންނެވެ.
ރީކޯ މިއަދު ކުރެއްވި ޓުވީޓެއްގއި ވިދާޅުވީ ޓެކްސް ބޮޑުވެގެން ކަރުން ނާރުނަގާފައި ހަޅޭއްލަވާއިރު ދައުލަތުގެ މާލިއްޔާއިން މުސާރަ އާއި އިނާޔަތްނަންގަވާ ބޭފުޅުންނާއި ދައުލަތުން ފައިސާދޭ ޕާޓީތަކުން ރުފިޔާއެއް ވެސް ދޫކޮށްލަން އެއްބަސް ނުވާ ކަމަށެވެ.
ކޯވިޑްގެ ދަތިޙާލުގައި ވެސް މުސާރަ އާއި އިނާޔަތްތައް ދައުލަތުން މުސާރަ ނަގާ ފަރާތްތަކުންނާއި އަދި ސިޔާސީ ޕާޓީތަކުން ވެސް ނެގި ކަމަށެވެ. އެހެންކަމުން ދެން މިހާރު އެދައްކަނީ ކޮން ވާހަކައެއްތޯ މޫސަ ސުވާލު ކުރައްވާފައިވެ އެވެ.
https://twitter.com/ReekoMoosa/status/1593035299915202560
އިދިކޮޅުން ވަނީ އިއްޔެ ވޯޓަށް އެހި ގަޑީގައި ދުންމާރި ފުމެ ވޯޓު ނެގުމަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފައި އެވެ. އަދި ޓެކްސް ބިލާއި އެއްކޮށް ވޯޓު ދެއްވި ޕީޕީއެމްގެ ފަރެސް،މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް