މިރޭ ނައިޖީރިއާ އާއި ދެކޮޅަށް ރޮނާލްޑޯ ނުކުޅޭނެ

މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިރޭ ނައިޖީރިއާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ އެކުވެރި ކަމ،ުގެ މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކ...

17 Nov 2022 | 03:54

މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިރޭ ނައިޖީރިއާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ އެކުވެރި ކަމ،ުގެ މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭނެކަމަށް ޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

ގަތަރު ވޯލްޑް ކަޕް ގެ ކުރިން ކުޅޭ އެންމެ ފަހު އެކުވެރިކަމުގެ މެޗަށް މިރޭ ނައިޖީރިއާއި ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު، މިރޭގެ މެޗުގައި ރޮނާލްޑޯ ނުކުޅޭނެކަން ޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ރޭ މެޗުގެ ކުރިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ސަންޓޯސް ބުނީ ރޮނާލްޑޯ އަށް މިރޭގެ މެޗުގައި ނުކުޅެވެނީ އޭނާގެ ބަނޑުގައި ގޭސްހެދި ބަނޑުގައި ރިއްސާތީ ކަމަށާއި އެގޮތުން އިއްޔެގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައި ނުވާކަމަށެވެ. އެހެން ކަމުން މިވަގުތު ރޮނާލްޑޯގެ ބަލިހާލަތު ތަން ނުދޭތީ އޭނާ މިރޭގެ މެޗުގައި ބައިވެރި ނުވާނެ ކަމަށް ސަޓޯސް ބުންޏެވެ.

އަދި ވޯލްޑް ކަޕް ފެށެންވާއިރަށް ރޮނާލްޑޯގެ ރަނގަޅުވެދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސަންޓޯސް ބުނީ ލަފާކުރެވެނީ ވޯލްޑް ކަޕް ފުރަތަމަ މެޗަށް ރޮނާލްޑޯ ފިޓްވާނެ ކަމަށްކަމަށާއި ނަމަވެސް އަދި އެކަމާއި އެއްޗެއް ބުނަން މިވަގުތު ދަތިކަމަށެވެ.

ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހު ޕޯޗުގަލް ނިކުންނާނީ ގާނާއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް