އީރާނުގައި ދިން ނިރުބަވެރި ހަމަލާއެއްގައި ފަސް މީހަކު މަރުވެ 15 މީހަކު ޒަޚަމްވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާ ދީފައިވަނީ އީރާނުގެ ކުޒެސްތާން ޕްރޮވިންސްގެ ސިޓީއެއްކަމުގައިވާ އިޒާގައެވެ. އާއްމު މާރުކޭޓް ސަރަހައްދެއްގައި މި ހަމަލާދިނީ ސައިކަލެއްގައި އެ ސަރަހައްދަށް ދިޔަ ދެމީހަކު ކަމަށާއި އެ ދެމީހުން އެ ހަމަލާދިނީ ބަޑިން ކަމަށާއި ގިނަ ބަޔަކަށް އަމާޒުކޮށް ދިން އެ ހަމަލާގައި މަރުވި ފަސް މީހުންގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. ނަމަވެސް އިރާނުގެ ދެވޭ މިފަދަ ބައެއް ހަމަލާތަކުގެ ޒިންމާ މީގެ ކުރިން އައިއެސް ޖަމާއަތުން އުފުލާފައިވެއެވެ. އެގޮތުން މިދިޔަ މަހުގައި ޝިއަޢީ މުސްލިމުންގެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާއެއްގައި 15 މީހަކު މަރުވެފައިވާއިރު އެ ހަމަލާގެ ޒިންމާވެސް އައިއެސްއިން އުފުލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް