ޓިކްޓޮކް ޝިފާ އެމްއެންޕީއަށް ސޮއި ކޮށްފި

މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ޝިފާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއި ކޮށްފި އެވެ. ޝިފާ އެ ޕާޓީއަށް ސޮއި ކޮށްފައިވަނީ އެ ޕާޓީގެ ޔޫތް ވިންގުގެ ފަރާތުން ހުޅުވި 'ނޫކަށި ލައުންޖު" ހުޅުވުމުގ...

17 Nov 2021 | 18:55

މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ޝިފާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއި ކޮށްފި އެވެ.

ޝިފާ އެ ޕާޓީއަށް ސޮއި ކޮށްފައިވަނީ އެ ޕާޓީގެ ޔޫތް ވިންގުގެ ފަރާތުން ހުޅުވި 'ނޫކަށި ލައުންޖު" ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އެވެ.

އެމްއެންޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ފަންނާނެއް ކަމަށްވާ މަރިޔަމް ޝިފާ އެމްއެންޕީއާ ގުޅިއްޖެ ކަމަށެވެ. އަދި ޝިފާއަކީ އެމްއެންޕީގެ ޒުވާނުންގެ ލައުންޖް ހުޅުވުމަށް ފަހު ޕާޓީއަށް ސޮއިކުރި ފުރަތަމަ ފަރާތް ކަމަށެވެ.

https://twitter.com/MNP_Secretariat/status/1461039238053466112

ޝިފާއަކީ ހަމައެކަނި ޓިކްޓޮކް ތަރިއެއްގެ އިތުރުން ލަވަ އާއި ޑްރާމާތަކުގައި ވެސް ހަރަކާތްތެރިވާ ކުޅަދާނަ ފަންނާނެކެވެ.

އޭނާ ކުޅެފައިވާ ބައެއް ފިލްމްތަކާއި ޑްރާމާ އަދި ބައެއް ލަވަތަކުން ގިނަ ބައެއްގެ ހިތް ދަމައިގެންފައިވާ އިރު، ޝިފާއަކީ ނެށުމުގައި ވެސް ފުންނާބު އުސް ފަންނާނެކެވެ.

މީގެ އިތުރުން އިޝްތިހާރުތަކާއި ބައެއް ޕްރޮގްރާމްތަކުން ވެސް ޝިފާ އަންނަނީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދަމުން ނެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފެއްދެވި އެމްއެންޕީއަށް މުނިފޫހި ފުލުވުމުގެ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ސޮއި ކުރަމުން ނެވެ.

ޚާއްސަކޮށް އެދާއިރާގައި ހަރަކާތްތެރިވާ ގިނަ ޒުވާނުން އަންނަނީ ގުޅެމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް