މާފަންނު ޓާފް ދަނޑު ސަރަހައްދުގައި ހުންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސްފިހާރަ މިރޭ ފަޅާލައިފި އެވެ.
މިފްކޯގެ އޮފިޝަލަކު މީޑިއާ އަށް މަޢުލޫމާތު ދެއްވިގޮތުގައި ފިހާރަ ފަޅާލާފައިވަނީ ތިން މީހަކު ވެގެން މިއަދު އިރު އޮއްސި 18:50 ހާއިރުއެވެ. އަދި ދޮރު ހަލާކު ކޮށްލާފައި ވަނީ މަސައްކަތް ކުރާ ކަހަލަ ގޮތަކަށް ދޮރު ނިވާވާނެހެން ކުރިމަތީގައި ސަތަރި ގަނޑެއް އަޅައިގެން ތިބެ އެވެ.
މީގެ އިތުރުން، ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމޒަ ކަނޑައެޅިގެން ނޭނގޭ ކަމަށާއި ނަމަވެސް ފިހާރައިގައި ހުންނާނީ މިއަދު މެންދުރު ފަހު ލިބުނު ފައިސާ ކަމުގައި ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މީޑިއާތަަކަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިރޭގެ 19:55 ހާއިރު އެވެ. އަދި ވަގަށް ނެގި ތަކެތީގެ މަޢުލޫމާތާއި ފިހާރަ ފަޅާލާފައިވާ ގޮތް ސާފު ނުވާ ކަމުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް