އަންގާރަ ދުވަހުގެ އިރުއޮއްސި 6 ން ބުދަ ދުވަހުގެ އިރުއޮއްސި 6 އަށް ރާއްޖެއިން އިތުރު 149 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން އަތޮޅުތަކުން 111 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މާލޭ ސަރަހައްދުން 18 މީހުން އަދި ރިސޯޓުތަކުން 20 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
މއިަދު އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 90،266 އަށް އަރާފަ އެވެ. އަދި ބައްޔަށް 2،150 މީހަކަށް އަންނަނީ ފަރުވާދެމުން ނެވެ. މީގެތެރެއިން 9 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 152 މީހުން މިބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 87،855 އަށް އަރާފަ އެވެ.
ކޮވިޑަށް ފަރުވާ ހޯަދަމުން ދަނިކޮށް ރާއްޖެއިން 248 މީހުން ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް