ޒުވާނުންނަށް ޚާއްޞަކޮށްގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން 'ނޫކަށި ލައުންޖު" ހުޅުވައިފި އެވެ.
މިރޭ މިލައުންޖް ހުޅުވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ.
އެޕާޓީގެ ޔޫތު ވިންގުގެ ފަރާތުން ނޫކަށި ލައުންޖުގެ ނަމުގައި ޒުވާނުންނަށް ޚާއްޞަ މިލައުންޖް ހުޅުވާފައިވަނީ މާފަންނު ވެސްޓްޕާކް ސަރަހައްދުން ހަވީރީ ހިނގުމުގައި މ. ގަހަނާ ލޮޖް ގޭގަ އެވެ.
މި ރަސްމިއްޔާތުގައ އެޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް، ޕާޓީގެ ލީޑަރޝިޕް، ފާޓީގެ އާންމު މެންބަރުންނާއި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
މިއީ ޒުވާނުން އެއްތަނަކުން ބައްދަލުވެ، ޕީއެސް، ރާޒުވާ އަދި ކެރަމް ފަދަ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ޒުވާނުންގެ ލައުންޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް