ބޮޑެތި ޑިސްކައުންޓް ތަކަކާއި އެކު އެމްޓީސީސީ "ކަށަވަރު ޕްރޮމޯ 2021" ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ކަށަވަރު ޕްރޮމޯ" މިއަދު ފަށައިފިއެވެ. މި އަހަރުގެ ކަަށަވަރު ޕްރޮމޯ ކުރިއަށް ދާނީ މިއަދުން ...

17 Nov 2021 | 16:57

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ކަށަވަރު ޕްރޮމޯ" މިއަދު ފަށައިފިއެވެ. މި އަހަރުގެ ކަަށަވަރު ޕްރޮމޯ ކުރިއަށް ދާނީ މިއަދުން ފެށިގެން 30 ޑިސެމްބަރު 2021 ގެ ނިޔަަލަށެވެ.

މިއީ އޮޑިދޯނި ފަހަރަށް ބޭނުންވާ ސާމާނުތަކުން ބޮޑެތި ޑިސްކައުންޓް ތަކެއް ލިބޭނެހެން އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮމޯއެކެވެ.

އެމްޓީސީސީން ވިދާޅުވިގޮތުގައި މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބިވަޑައި ގަންނަވާނެއެވެ.

އަދި ގުރުއަތުން ހޮވޭ ފަރާތަަކަށް 89،000 ރުފިޔާގެ އަގުހުރި ސުޒުކީ 25 ހޯސް ޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ހިންގާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާލޭގެ ބަނދަރު މަތީގައި އަޅާފައިވާ އޮޑި ފަހަރުތަކަށް އެމްޓީސީސީގެ މުވައްޒަފުން ޒިޔާރަތް ކުރުން ހިމެނެއެވެ

މީގެ އިތުރުން ކ. ތިލަފުށި، ކ. ގުޅި ސްލިޕްވޭ، އަދި ކ. ހިންމަފުށި އަދި ކ. ދިއްފުށީގެ ބޯޓުޔާޑުތަކަށް ވެސް އެ ކުންފުނީގެ މުވައްޒަފުން ޒިޔާރަތް ކުރާނެ ކަމުގައި އެމްޓީސީސީން ވިދާޅުވިއެވެ.

މި ޕްރޮމޯ ފަށްޓަވައި ދެއްވީ އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއޯއޯ، ޝާހިދު ހުސެއިން މޫސާއެވެ.

މިޕްރޮމޯ އާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފު ކުރަން ބޭނުންފުޅުވާނަމަ،   އެމްޓީސީސީގެ 1650 ގެ ހޮޓްލައިން އާއި ގުޅައިގެން މަޢުލޫމާތު ސާފު ކުރެވޭނެ ކަމުގައި އެމްޓީސީސީން ވިދާޅުވިއެވެ.

ކަސްޓަމަރުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށްޓަކައި އެމްޓީސީސީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެކި އުފެއްދުންތަކުގެ ޕްރޮމޯޝަންތައް ބާއްވާ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނާ ބައްދަލުކޮށް އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ތަފާތު ޓްރެއިނިންގ ޕްރޮގްރާމްތަކާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް އެމްޓީސީސީ އިން އަންނަނީ ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް