މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، އަންހެނެއްގެ ފައި ޖެހުނީ ބުރިކޮށްލަން

ރޭގައި މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ޗިސްޗިސްވެ ބުރިކޮށްލަން ޖެހިއްޖެއެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން ދުވަހަށް މައުލޫމާތުދެމުން ބުނީ ޖަމާލުއްދީން ސްކޫލު ކައިރ...

17 Nov 2021 | 16:32

ރޭގައި މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ޗިސްޗިސްވެ ބުރިކޮށްލަން ޖެހިއްޖެއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ދުވަހަށް މައުލޫމާތުދެމުން ބުނީ ޖަމާލުއްދީން ސްކޫލު ކައިރިން ރޭ އިރާކޮޅު ހިނގި އެކްސިޑެންޓްގައި މަގު ހުރަސްކުރި ވަގުތު ޕިކަޕަކުން ޖެހި، ޕިކަޕުގެ ދަށުގެ އަންހެނެއްގެ އެއް ފައި ޗިސްޗިސްވި ކަމަށެވެ. އަދި އެ ސަރަހައްދުގައި އެވަގުތު ހުރި އެމްއެންޑީއެފްގެ އޮފިސަަރަކާއި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ ދެ އޮފިސަރަކާއި އާންމުންގެ އެހީތެރިކަމާއެކު އެ އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

"ރޭގައި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާގެ ފައި މިއަދު ވަނީ ބުރިކޮށްލާފައި، އަދި ހޭ ނާރާ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ރޭގައި މިފަދަ ހާދިސާއެއް ހިނގިތޯ ބަލަން ދުވަސް ނޫހުން ފުލުހުންނަށް ގުޅުމުން ބުނެފައިވަނީ މިފަދަ ހާދިސާއެއް ރިޕޯޓްކޮށްފައި ނެތް ކަމަށެވެ. އޭޑީކޭއިން ރޭގައި ބުނެފައިވަނީ ރިޕޯޓްކޮށްފައި ނުވާކަމަށެވެ.

މި ހާދިސާ ހިނގި ގޮތް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު އެ ވީޑިއޯއިން އަންހެން މީހާ މަގު ހުރަސްކޮށް މަގުގެ އަނެއް ފަޅިއަށް އެރި ވަގުތު ޕިކަޕުން އެ އަންހެން މީހާގެ ގައިގާ ޖެހޭ މަންޒަރު ފެނެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް