ވެރިރަށް މާލޭގެ ޖުމްހޫރީ މައިދާން ފެހި ކޮށް ރީތި ކުރުމުގެ ގޮތުން އެ ސަރަހައްދުގައި ވިނަ އިންދައި އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެެއްވި ޓްވީޓެއްގައި މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ޖުމްހޫރީ މައިދާނުގައި ވިނަ އިންދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކަމުގައި ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި ވިނަ އިންދާ މަންޒަރުގެ ފޮޓޯ ހިއްސާ ކުރައްވާފައިވެއެވެ.
ޑރ. މުއިއްޒު މީޑިއާ އަށް މަޢުލޫމާތު ދެއްވި ގޮތުގައި ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމައްޗައް ވެފައި ރަސްމީ ގިނަ ރަސްމިއްޔާތު ތަކެއް ބާއްވާތަނެއް ކަމުގައެވެ. އެހެންކަމުން އެ ސަރަހައްދު ފެހި ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމުގައެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ފެން އަރުވާ ވަޑާން އާބާތުރަ ފިލުވާ ރީތި ކުރަން ނިންމާފައިވާ ކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީގެ މައިޒާންތަކާއި ޕާކުތައް ވީރާނަވިޔަ ނުދީ މަރާމާތުކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް