ފުވައްމުލަކު އެއާޕޯޓުގެ 2 މުވައްޒަފަކަށް ހަމާލާދީ ލައްކައެއްހާ ރުފިޔާ ފޭރިގަނެފި

ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް ހަމަލާދީ ޒަހަމް ކޮށްލުމަށްފަހު ލައްކައެއްހާ ރުފިޔާ ފޭރިގަނެފިއެވެ. ޒަހަމް ކޮށްލާފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ދެ މުވަ...

17 Nov 2021 | 07:39

ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް ހަމަލާދީ ޒަހަމް ކޮށްލުމަށްފަހު ލައްކައެއްހާ ރުފިޔާ ފޭރިގަނެފިއެވެ.

ޒަހަމް ކޮށްލާފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ދެ މުވައްޒަފެކެވެ.

އެ ކުންފުނިން މިއަދު މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެ ދެ މުވައްޒަފުންނަށް ހަމަލާ ދީފައި ވަނީ އިއްޔެގެ ސޭލްސް ނިންމުމަށް ފަހު ބޭންކަށް ފައިސާ ޖަމާކުރަން ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

އެގޮތުން އެ ވަގުތު އެ ދެ މުވައްޒަފުންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ވެސް ފޭރި ގަނެފައިވާކަމުގައި ވިދާޅުވެފައި ވެއެވެ. އެ ހާދިސާގައި ފޭރި ގަނެފައިވަނީ، 93،850 ރުފިޔާ އާއި 448 ޑޮލަރެވެ.

އަދި މި ހާދިސާގައި ޒަހަމްވި ދެ މުވައްޒަފުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން މިއަދު މީޑިއާތަަކަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައެވެ. ނަމަވެސް އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް