ފޯ ނޭޝަންސް ކަޕް ގައި ރާއްޖެ ސީޝެލްސް އާއި އިއްޔެ ކުޅުނު މެޗުގައި ޤައުމީ ޓީމުގެ މިޑްފީލްޑަރުގެ ގޮތުގައި ކުޅުނު ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަަަަަަަަަަަަރޭ) ސީޝެލްސްގެ ކުޅުންތެރިއެއްގެ ކަރާދިމާއިން ޖެހި މައްސަލައިގައި އަޑުބަރޭއަށް ފިޔަވަޅެއް ނާޅުއްވާނެ ކަމުގައި ކަމުގައި ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އެކަން ހާމަަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) އަމާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ދޮންބިލެތް މަހުލޫފް އާއި އަމާޒު ކުރެއްވި ސުވާލަކީ އިއްޔެގެ މެޗުގައި އަޑުބަރޭގެ ފަރާތުން ފެނިގެން ދިޔަ އަމަލާއި ގުޅިގެން ޔޫތު މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅުއްވާނެތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ ފުޓްބޯޅަ މެޗެއްގައި ހިނގާ ކަމަކާއި ގުޅިގެން ޔޫތް މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހުމަކީ ޖޯކަކަށް ވާނެ ކަމުގައެވެ. އަދި އެކަމާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭނީ އެފްެއޭމް އާއި އޭއެފްސީ ކަމުގައެވެ.
އިއްޔެގެ މެޗުގެ 90 މިނިޓުގައި ކުޅެން ދަނޑަށް އަރާ 30 ސިކުންތު ވެސް ނުވަނީސް އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވްގެ ފަހަތުން ދުވެ ގޮސް އޭނާގެ ކަރާ ދިމާގައި އަޑުބަރޭގެ އުޅަނބަށިން ޖަހާފައެވެ. ހަމަ އެއާއެކު ވަނީ ރަތް ކާޑެއް ދައްކާ އަޑުބަރޭ ދަނޑުން ބާލާފައެވެ.
ޔޫތް މިނިސްޓަރު މަހްލޫފްގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ އަޑުބަރޭގެ އެ އަމަލާއި މެދު ހިތާމަ ކުރައްވާ، ކަންބޮޑުވެޑައިގަންނަވާ ކަމުގައެވެ. މީގެ އިތުރުން މަހްލޫފަށް އެ މަންޒަރު ރަނގަޅު ނޫން ކަމުގައި ވިދާޅުވެ، މަހްލޫފް އަޑުބަރޭ އަށް ފުޓްބޯޅަ ކުޅުން ހުއްޓަލަން ނުބުނެވޭނެ ކަމަށާއި އަދި ނުބުނާނެ ކަމުގައި ވިދާޅުވިއެވެ.
އަދި އެފްއޭއެމްގައި އައްސަދު ގައުމީ ޓީމަށް ނުނަގާކަށް ވެސް ނުބުނާން ކަމަށާއި ނަގާކަށް ވެސް ނުބުނާނަން ކަމުގައި ވިދާޅުވިއެވެ. އެކަން ކުރާނީ ކޯޗު ކަމަށް މަހްލޫފު ޤަބޫލު ކުރާ ކަމަށާއި އަދި މަހްލޫފުގެ ފަރާތުން ނުފޫޒެއް ނުވަތަ ފިޔަވަޅެއް ނާޅާނެ ކަމުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް