ނިޒާމު ޕެޓިޝަންގައި ލައްކައަކަށްވުރެ ގިނަ މީހުން ސޮއިކޮށްފި!

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރެއިން މެމްބަރުންތަކެއް އިސްވެ ސޮއި ކުރަން ފެށި ޕެޓިޝަންގައި ލައްކައަކަށްވުރެ ގިނަ މީހުން ސޮއިކޮށްފި ކަމަށް...

17 Nov 2021 | 06:42

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރެއިން މެމްބަރުންތަކެއް އިސްވެ ސޮއި ކުރަން ފެށި ޕެޓިޝަންގައި ލައްކައަކަށްވުރެ ގިނަ މީހުން ސޮއިކޮށްފި ކަމަށް ބުނެފި އެވެ.

މި ޕެޓިޝަންގައި ސޮއި ކުރަން ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައިއެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އަތޮޅު ތެރޭގައި ސޮއި ކުރުމުގެ ހަރަކާތްތައް ހިންގަން ފަށާފައި އެވެ.

މި ޕެޓިޝަންގައި ސޮއި ކުރުން އިންތިޒާމް ކުރާ ފަރާތުން ބުނީ ޕެޓިޝަންގައި މިހާތަނަށް 109،742 މީހުން ސޮއި ކޮށްފަވާ ކަމަށެވެ. އަދި މިހާރުވެސް އަތޮޅުތެރެއަށް ދިއުމަށް އެދެމުންދާ ކަމަށެވެ.

އިންތިޒާމް ކުރާ ކޮމިޓީން ނިންމާފައިވަނީ 100،000 ސޮއި ހަމަވުމުން ރައީިސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ކުރިން ބުންޏެވެ. އެކަމަކު މިހާރު ނިންމާފައިވަނީ އަދި އިތުރު ސޮއި ހޯދާށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކެނޑިނޭޅި ދައްކަވަމުން ގެންދަވާ ވާހަކަފުޅެކެވެ.

ރައީސް ސޯލިހު ވިދާޅުވެފަައިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގަ އެވެ.

މީގެ އިތުރުން ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވަޢުދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް މާމުހިންމު ކަމަަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް