ގައުމުގެ ފާގަތިކަމަށް ވެރިކަމުގެ 3 އަހަރު ރައީސް ސޯލިހް ކުރެއްވީ އަގު ނުކުރެވޭ ފަދަ ޚިދުމަތެއް: ސައްލެ

ގައުމުގެ ފާގަތި ކަމަށް ވެރިކަމުގެ 3 އަހަރު ރައީސް ސޯލިހް ކުރެއްވީ އަގު ނުކުރެވޭ ފަދަ ޚިދުމަތެއް ކަމަަށް ހޯރަފުށި ދާއިރާގެ މެމްބަރ އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރައީސ...

17 Nov 2021 | 05:22

ގައުމުގެ ފާގަތި ކަމަށް ވެރިކަމުގެ 3 އަހަރު ރައީސް ސޯލިހް ކުރެއްވީ އަގު ނުކުރެވޭ ފަދަ ޚިދުމަތެއް ކަމަަށް ހޯރަފުށި ދާއިރާގެ މެމްބަރ އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރުމާއިގުޅިގެން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައި ސައްލެ ވިދާޅުވެފައިވަނީ ދިވެހި ޖުމްހޫރިއްޔަތުގެ އަމިއްލަކަމާއި، މިނިވަންކަން ފުރިހަމަ އަށް ދަމަހައްޓަވަމުން،އަނިޔާގެ ޒަމާން ނިމުމަކަށް ގެންނަވާ، ދަތި އުނދަގޫތަކުގައި، ގައުމުގެ ފާގަތި ކަމަށް ވެރިކަމުގެ 3 އަހަރު ރައީސް ސޯލިހް ކުރެއްވީ އަގު ނުކުރެވޭ ފަދަ ޚިދުމަތެއް ކަމަށެވެ.

https://twitter.com/SalleHoarafushi/status/1460688898145734659

ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރުމާއިގުޅިގެން ދައުލަތުގެ ވަޒީރުންނާއި މަޖިލިސް ބައެއް މެމްބަރުންނާއި ކުންފުނިތަކުގެ އިސްވެރިން ދަނީ ރައީސް ސޯލިހަށް ަރުހަބާ ވިދާޅުވެ، މެސެޖުތައް ފޮނުއްވަމުން ނެެވެ.

ފާއިތުވެދިޔަ ތިން އަހަރުގެ ކާމިޔާބީ ސަރުކާރުން ފާހަގަކުރާއިރު، އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލިގެން ދިޔަ ތިން އަހަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް