ކޮވިޑް ބަލީގައި ގައި ރާއްޖެއިން 75 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ހެނދުނު ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެޝިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ރޭގެ މެންދަމު 02:01 ގައި ނިޔާވެފައިވާ ކަމުގައެވެ. އަދި މި މަރާއެކު ކޮވިޑުގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 248 އަރާފައިވާ ކަމުގައި ވިދާޅުވިއެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން 87،703 މީހުން ފަރުވާ ހޯދައިގެން ރަނގަޅުވެފައި ވާއިރު، އެބަލީގައި 248 މީހަކު މިވަނީ ނިޔާވެފައެވެ. އަދި އެކްޓިވް ކޭސްގެ އަދަދަކީ 2،154 އެވެ. އެޑްމިޓް ކޮށްގެން އަންނަނީ 10 މީހަކަށް ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް