އައްޑޫގައި ކޯވިޑް ގިނައީ ހިތަދޫގައި، 200ށްވުރެ ގިނަ އެކްޓިވް ކޭސް!

އައްޑޫ ސިޓީން އިއްޔެ އިތުރު 16 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިއަދު ޕޮސިޓިވްވި އަށް މީހުން...

17 Nov 2021 | 02:08

އައްޑޫ ސިޓީން އިއްޔެ އިތުރު 16 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިއަދު ޕޮސިޓިވްވި އަށް މީހުންނަކީ ހިތަދޫން ބަލި ޖެހުނު މީހުންނެވެ. ފޭދޫއިން ދެ މީހުންނަށް ބަލި ޖެހުނު އިރު ތިން މީހުންނަށް ބަލި ޖެހުނީ މީދޫންނެވެ.

މަރަދޫން އެކަކު ޕޮސިޓިވްވި އެވެ.

އެކްޓިވް ކޭސްތަކަށް ބަލާއިރު ހިތަދޫގައި ކޯވިޑް ޖެހިފަ ތިބި 215 މީހުން ތިބި އިރު ފޭދޫގައި 58 މީހުން، މަރަދޫގައި 45 މީހުން، މީދޫގައި 45 މީހުން އެބަތިއްބެވެ. އަދި މަރަދޫފޭދޫގައި އަށް މީހުން، ހުޅުދޫގައި ދެ މީހުން ތިބި އިރު އެހެނިހެން ތަންތަނުގެ ގޮތުގައި ފާހަގަކޮށްފައިވާ ތަންތަނުގައިވެސް ކޯވިޑް ޖެހިފަ ތިބި ފަސް މީހަކު އެބަތިއްބެވެ

މީގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެމުން ދަނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ. މި ހާތަނަށް އެ ސީޓީން ކޯވިޑް ޖެހުނު 10 މީހަކު ވަނީ މަރުވެފަ އެވެ.

އައްޑޫގެ ހުރިހާ ރަށެއްގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮންނަތާ މިހާރުތިން މަސް ވަނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް