ތަހުލީލުތަކަށްފަހު އެއީ ސިންވާގެ ހަށިގަނޑުކަމަށް އިސްރާއީލުން ނިންމައިފި

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާ ސަހީދުވެފައިވާކަމަށް ބުނާ ވާހަކައިގާ އިސްރާއީލުން ރަސްމީ ބަސް ބުނެފިއެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއާއި ޑޮމެސްޓިކް ސެކިއުރިޓީ އޭޖެންސީއެއްކަމަށްވާ "ޝިން ބެޓް" އި...

17 Oct 2024 | 17:11

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާ ސަހީދުވެފައިވާކަމަށް ބުނާ ވާހަކައިގާ އިސްރާއީލުން ރަސްމީ ބަސް ބުނެފިއެވެ.

އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއާއި ޑޮމެސްޓިކް ސެކިއުރިޓީ އޭޖެންސީއެއްކަމަށްވާ "ޝިން ބެޓް" އިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ދެންމެ ބުނެފައިވަނީ އިއްޔެ އިސްރާއީލު އަސްކަރިއްޔާގެ 828ވަނަ ބްރިގޭޑުން ޣައްޒާގައި ހިންގި އޮޕަރޭޝަނެއްގައި ފުރާނަ ދުއްވާލެވުނު ތިން މީހެއްގެ ހަށިގަނޑުގެ ތެރެއިން އެކެއްގެ ހަށިގަނޑަކީ ސިންވާގެ ހަށިގަނޑުކަމަށް ބެލެވޭތީ ހެދި ތަހުލީލުތަކުން އެއީ ސިންވާގެ ހަށިގަނޑުކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.

އެހެންނަމަވެސް މިކަމުގައި ހަމާސް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހަމާސް ގެ އާ ލީޑަރުކަމަށް ސިންވާ ހަމަޖެއްސީ މިދިޔަ ޖުލައިގައި ހަމާސްގެ ކުރީގެ ލީޑަރު ހާނިޔޭ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް