ހަމާސް ޖަމާއަތުގެ އާ ލީޑަރު ޔަހްޔާ ސިންވާ އަވަހާރަވެފައިވާކަމަށް އަޑު ފެތުރިއްޖެއެވެ.
މި އަޑު ފަތުރާފައިވަނީ އިސްރާއީލުގެ މީޑިއާގައެވެ.
އިސްރާއިލުން މިކަމުގައި ބުނަނީ ޣައްޒާގައި ދެވުނު ހަމަލާއެއްގައި ހަމާސް އަށް ނިސްބަތްވާ ތިން ހަނގުރާމަވެރިއެއްގެ ފުރާނަ ދުއްވާލެވިފައިވާކަމަށާއި އެއިން އެކަކީ ހަމާސްގެ އާ ލީޑަރު ސިންވާކަމަށް ބެލެވޭތީ އެކަން ޔަޤީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެގޮތުން އެކަން ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓެއް ހަދަމުން އަންނަކަމަށް އިސްރާއީލުގެ ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީގައި ރިޕޯޓްކޮށްފައިވެއެވެ.
ހަމާސް އިން މިކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ހަމާސް ގެ އާ ލީޑަރުކަމަށް ސިންވާ ހަމަޖެއްސީ މިދިޔަ ޖުލައިގައި ހަމާސްގެ ކުރީގެ ލީޑަރު ހާނިޔޭ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް