ޝެއިހް ހަސީނާ ހައްޔަރުކުރުމަށް އެ ގައުމުން ކޯޓު އަމުރެއް ނެރެފި

ބަގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ހައްޔަރުކުރުމަށް އެ ގައުމުގެ ކޯޓުން ކޯޓު އަމުރެއް ނެރެފިއެވެ. އެ އަމުރުގައި ބުނެފައިވަނީ އަންނަ ނޮވެމްބަރު މަހުގެ18 ވަނަ ދުވަހުގައި ކޯޓަށް ޝެއިހު ހަސީނާ ހ...

17 Oct 2024 | 10:55

ބަގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ހައްޔަރުކުރުމަށް އެ ގައުމުގެ ކޯޓުން ކޯޓު އަމުރެއް ނެރެފިއެވެ.

އެ އަމުރުގައި ބުނެފައިވަނީ އަންނަ ނޮވެމްބަރު މަހުގެ18 ވަނަ ދުވަހުގައި ކޯޓަށް ޝެއިހު ހަސީނާ ހާޒިރުވާން ޖެހޭނެ ކަމަށެވެ.

ޝެއިހް ހަސީނާ އެ ގައުމުން ފައިބާފައިވަނީ އެ ގައުމުގެ ދަރިވަރުންތަކެއް ކުރި މުޒާހަރާއެއް ހޫނުވެގެންނެވެ.

އަދި އޭގެ ފަހުން އޭނާ ވަނީ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދީފައި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރިއެވެ.

އުމުރުން77 އަހަރުގެ ޝެއިހް ހަސީނާ އެ ގައުމުގައި ބޮޑުވަޒީރުކަން15 އަހަރުކޮށްފައިވެއެވެ.

އޭނާއާއި ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްވެސް މިހާރު ބަގްލަދޭޝްގެ ކޯޓުުތަކުގައި ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް