އިޒްރޭލަށް ފަންޑުކުރާ ބްރޭންޑްތައް ބޮއިކޮޓްކުރުމަށް ބާއްވާ ހަރަކާތެއް މާދަމާ ބާއްވަނީ

އިޒްރޭލަށް ފަންޑްކުރާ ބްރޭންޑްތައް ބޮއިކޮޓް ކުރުމަށް ބާއްވާ ހަރަކާތެއް މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ. މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު16:15 އިން އި...

17 Oct 2024 | 10:36

އިޒްރޭލަށް ފަންޑްކުރާ ބްރޭންޑްތައް ބޮއިކޮޓް ކުރުމަށް ބާއްވާ ހަރަކާތެއް މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.

މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު16:15 އިން އިރުއޮއްސި18:00 އަށެެވެ. މި ހަރަކާތް އިންތިޒާމް ކުރާ ފަރާތަކީ، އިންޓަނޭޝަނަލް މުސްލިމް އެއިޑް އެންޑް އެޑިއުކޭޝަން (އައިއެމްއޭއީ) އިންނެވެ.

މި ހަރަކާތުގައި އިޒްރޭލަށް ފަންޑު ކުރާ ބްރޭންޑްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެހެން ބްރޭންޑްތައް މާކެޓްކޮށް ހިލޭ ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލު އާއްމާ ދެކޮޅަށް މިފަދަ ހަރަކާތްތައް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ. މިފަދަ ބޮއިކޮޓް ހަރަކާތްތަކުގެ ސަބަބުން އިޒްރޭލަށް ފަންޑުކުރާ އެތައް ބްރޭންޑެއްގެ މާލީ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ދައްވެފައި ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް