ޕެންޓްހައުސް އަތުލި މައްސަލަ، ބައްސާމް ހައިކޯޓަށް ލުމުން ހައިކޯޓުން އެ މައްސަލަ ބަލައެއް ނުގަތް!

ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތުގެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ ޕެންޓު ހައުސް ކޯޓު އަމުރުގެ ދަށުން ފުލުހުން އަތުލުމުން އެކަމާ ދެކޮޅަށ...

17 Oct 2024 | 10:25

ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތުގެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ ޕެންޓު ހައުސް ކޯޓު އަމުރުގެ ދަށުން ފުލުހުން އަތުލުމުން އެކަމާ ދެކޮޅަށް ބައްސާމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތެެވެ.

ހުޅުމާލޭގެ މެޖިސްޓްްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ހުޅުމާލޭގައި ހުންނަ ބައްސާމްގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އެންގުމުން މި މަހުގެ ކުރީކޮޅު އޭނާ ވަނީ އެ ދެ އެޕާޓުމަންޓު ފުލުހުންނާއި ހަވާލުކޮށްފައެވެ.

ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފްކުރުމަށް ބައްސާމްގެ ފަރާތުން ހައިކޯތަށް ހުށަހެޅި މައްސަލައިގައި ހައިކޯޓުން ބުނީ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ނިންމާފައިވާ ސަބަބު ބަޔާން ކޮށްފައެއް ނުވެއެވެ.

އެފްއޭއެމްގެ ކޮރަޕްޝަނާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށް ގެނެސްފައިވާ ބައްސާމްގެ ދެ ޕެންޓްހައުސް ބައްސާމް ގަނެފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފީފާއިން އެމްއޭއެމަށް ދޫކޮށްފައިވާ ލޯނެއްގެ ފައިސާއިން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، އެ ދެ ތަން ގަތުމަށް އެފްއެފްއޭއެމްގެ ފައިސާއިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ބައްސާމް ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާ ދައްކާފައިވަނީ ޑޮލަރުގެ މުއާމަލާތެއް ކަމަށް ދެއްކުމަށް ކަމަށެވެ.

އެހެން ނަމަވެސް އެ ޑޮލަރަށް ވާ ދިވެހި ފައިސާ އެފްއޭއެމްއަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ފައިސާ ލިބުނުކަން ދެއްކުމަށް އެހެން ކުންފުންޏެއް މެދުވެރިކޮށް ލޯނު ނަގާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާ ކޮށްދޭން އެދި މިދިޔަ މަހު ސެޕްޓެމްބަރ މަހު ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައެވެ. އަދި މި މައްސަލާއިގައި އަމީން ކޮންްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދަށްވެސް ދައުވާ ކޮޮށްދިނުމަށް އެދިފައިވެއެވެ.

ބައްސާމްގެ އިތުރު މައްސަލަ ތަކެއް ވެސް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ވެސް ހިނގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް