ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްްޒު އދ. ގައި ދެއްވި ތަގުރީރު ޕްރޮމޯޓު ކުރުމަށް ޓިކްޓޮކް ކުޅޭ ގިނަ ބަޔަކަށް ފައިސާ ދީފައިވާ ކަމަށް ޓިކްޓޮކްގެ ބައެއް ކޮންޓެންޓް ކްރިއޭޓަރުން ބުނެފިއެވެ.
މިކަމަާއި ގުޅިގެން އިއްޔެ ޓިކްޓޮކް ގައި ވާހަކަ ދައްކާފައިވަނީ ޓިކްޓޮކްގެ ކޮންޓެންޓް ކްރިއޭޓް ކުރާ އަފްނާން އިބްރާހިމް "ދިންގްލިޝް" އެވެ.
އޭނާ ބުނީ ޔޫއެެންގައި ރައީސް ދެއްވި ސްޕީޗް ޕްރޮމޯޓު ކުރުމަށް ސަރުކާރުގެ ފަރާތުން ފައިސާ ދީފައިވާ ކަމަށެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަކީ އެކި އެކި ދާއިރާތަކާއި މައުލޫތަކަށް ވާހަކަ ދައްކާ ޕްރޮމޯޓް ކުރާ ބައެކެވެ.
އެގޮތުން އެކަން ފާހަގަ ކޮށް އޭނާ ބުނީ އެހެން ނަމަވެސް ސިޔާސީ ބޭފުޅަކު ފުރަތަމަ ފަހަރަށް އެކަހަލަ ކަމެއްނ ޕްރޮމޯޓް ކޮށްދޭން އެދުނު ފުރަތަމަ ފަރާތަކީ ރައީސް ޑރ މުއިއްޒު ކަމަށެވެ.
ޔޫއެންގައި ރައީސް ދެއްވެވި ތަގުރީރާއި ގުޅިގެން ޓިކްޓޮކްގައި މައްޝޫރު ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފައެވެ.
އެގޮތުން އިއްޔެ އަފްނާންގެ އެ ޕޯސްޓަށް ޓިކްޓޮކްގައި އާއްމުކޮށް ފެންނަ ބައެއް މީހުން ވަނީ އެމީހުން ކިބައިން ވެސް ސަރުކާރުގެ ފަރާތުން އެކަމަށް އެދުނު ކަމަށެވެ.
އަފްނާން ބުނީ، ފުރަތަމަ އެ ތަގުރީރު ޕްރޮމޯޓު ކުރަން އެދުނު އިރު އެއީ ޓިކްޓޮކްގައި ހަރަކާތްތެރިވާ ބައިވަރު ކްރިއޭޓާސްއާ ގުޅައިގެން ކޮށްގެން ހަދަން އެންގި ކަމެއް ކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އެމީހުންގެ ބޭނުމަކީ އެކަމުގައި ރައީސްގެ ދެއްކެވި ވާހަކައަށްވުރެ އެ ތަގުރީރު ވައިރަލްކުރުން ކަމަށް ކަން އޭނާ ފާހަގަ ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް