މިރޭ ފެނިގެންދާނީ މި އަހަރުގެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން: މައުމޫން

މިރޭ ފެނިގެންދާނީ މި އަހަރުގެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ކަމުގައި ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެވެ. ރައީސް މައުމޫން މިހެން ވިދާޅުވ...

17 Oct 2024 | 09:33

މިރޭ ފެނިގެންދާނީ މި އަހަރުގެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ކަމުގައި ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ މިއީ މި އަހަރުގެ ސުޕަރ ހަންޓަރޒް ފުލްމޫން ކަމަށާއި މިއީ މިއަހަރު ފެންނާނެކަމަށްވާ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ކަމަށެވެ.

މިރޭ ހަނދު އަރާނީ މިއަދު ހަވީރު 05:49ގައި ކަމަށާއި އޮއްސޭނީ މާދަމާ ހެނދުނު 06:32ގައިކަން ރައީސް މައުމޫން ފާހަގަކުއްވާފައިވެއެވެ. އަދި މިރޭގެ ފުލްމޫން ބައްލަވައިލެއްވުމަށް ރައީސް މައުމޫން ދައުވަދު އަރުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް