ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް ޚަރަދު ކުރާކަށް ދައުލަތަކުން ނުޖެހޭނެ: ރައީސް ޔާމިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަ ގެކޮޅަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ. ޔާމިން މިހެން ވިދާޅުވީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ...

17 Oct 2024 | 09:25

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަ ގެކޮޅަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޔާމިން މިހެން ވިދާޅުވީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމިން ވިދާޅުވީ، މުރައިދޫގޭގެ ކަންތައްތައް ކުރުމަށް އެލައްވާ "ޚާދިމުންނަށް" ހަރަދު ކުރައްވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި އެއީ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

އެއީ ގާނޫނެއްގައި ލިޔެފައިވާ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޅުއްވާ ތަނެއްގެ ޚަރަދު ބަލަހައްޓަން ޖެހޭނީ ދައުލަތުންނޭ ނުވަތަ މަޖިލީހުންނޭ ި އެއްވެސް ތަނެއްގައި ލިޔެފައި ނޯންނާނެ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ހުންނަވަން ގެއެއް ދިނީ، އެއީ ރައީސް ނަޝީދަށް ވެސް ދިނީތީކަމަށާއި ،އެހެން ނަމަވެސްު ރައީސް ނަޝީދަށް ގެއެއް ދޭން ޖެހުނީ ރައީސް ކަން ކުރައްވާފައި ހުރި ބޭފުޅަކަށް ވެފައި "ހައިސެކިއުރިޓީ" ބޭފުޅަކަށް ވާތީ ކަމަށެވެ.

"އަބްދުއްރަހީމް މަގުމައްޗަށް އެއްލައިލާފައި އޮތަސް މީހަކު ބަލައެއް ނުލާނެ އިނގޭތޯ. އެކަމު ރައީސް ނަޝީދާ ވަރަށް ތަފާތު އިނގޭތޯ. ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއް އިނގޭތޯ" ޔާމިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް