ޑިޒައިނެއް ހަދަންކަމަށްބުނެ ކޮޓަރީގައި އަލިފާން ރޯކުރި މީހަކު ހައްޔަރު

ޑިޒައިނެއް ހަދަންކަމަށްބުނެ އަމިއްލަ ކޮޓަރީގައި އަލިފާން ރޯކުރި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ ކ. މާލެ، މއ. އުއިވަށާގޭ...

17 Oct 2024 | 05:46

ޑިޒައިނެއް ހަދަންކަމަށްބުނެ އަމިއްލަ ކޮޓަރީގައި އަލިފާން ރޯކުރި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ ކ. މާލެ، މއ. އުއިވަށާގޭގައި މިހާރު ދިއިރުޅެމުން އަންނަ ޔައީޝް އަހްމަދު ކޮޓަރީގައި ޑިޒައިނެއް ހެދުމަށް އަލިފާން ރޯކުރި ކަމަށް ބުނި ކަމަށާއި ފުލުހުން ސީނަށް ދިޔައިރު ފާރުގައި ހުރި ކަރުދާސްތަކެއްގައި ރޯކޮށްފައި ހުއްޓާ ފެނުމުން، ފުލުހުން އަލިފާން ނިއްވާލީ ކަމަށާއި، އޭގެ ފަހުން މީނާ އައުމުން ސުވާލުކޮށްފައިވާކަމަށާއި އަލިފާން ރޯކުރިކަމަށް ސީނުގައި ބުނެފައިވާކަމަށް މައްސަލައިގެ އޮފިސަރ އައިއޯ ފާހަގަކުރި ކަމަށެވެ.

ބަންދު ރެކޯޑު އޮތް ފަރާތެއްކަން ފާހަގަކޮށް އެ ކޯޓުން އަމުރުކޮށްފައިވަނީ ފަސް ދުވަހަށް ބަންދު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް