މާވަށު ދާއިރާއަށް މެޖިޝަން ރާއްޕެ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، މަޖިލިސް އިންތިހާބުގައި ލ. މާވަށު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ރާފިއު މުހައްމަދު (މެޖިޝަން ރާއްޕެ) ނިންމައި އެކަން އިއުލާނުކޮށްފިއެވެ. މާވަށް، ކުނަހ...

17 Oct 2023 | 17:16

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، މަޖިލިސް އިންތިހާބުގައި ލ. މާވަށު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ރާފިއު މުހައްމަދު (މެޖިޝަން ރާއްޕެ) ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

މާވަށް، ކުނަހަންދޫ އަދި ހިތަދޫ ހިމެނޭ އެ ދާއިރާއަށް ކުރިމަތިލާން ރާއްޕެ ނިންމާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.

ރާއްޕެ މިހާރު ރާއްޕެގެ ނިންމުން އިއުލާނުކޮށް ކެމްޕޭނުވެސް ފަށާފައެވެ. އެގޮތުން ނިމިދިޔަ ހަފްތާ ބަންދުގައި ރާއްޕެ ވަނީ ތިން ރަށަށް ގޮސް ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ހިޔާލުވެސް މިކަމުގައި ހޯދާފައެވެ.

ރާއްޕެ ބުނީ ތިން ރަށުންވެސް އަދި އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންގެ ފަރާތުންވެސް ވަރަށް ޕޮޒިޓިވް ފީޑްބެކް ލިބިފައިވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕޭނު އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް