އިންޑިއާ އާއި ބަންގްލަދޭޝް ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނު ނިންމާލައިފި

އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދު ބާއްވާ ބައިލެޓަރަލް މިލިޓަރީ އެކްސަސައިޒް ސަމްޕްރިޓީ-އެގާރައިގެ 11 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ފެށި މި އެކްސަ...

17 Oct 2023 | 17:03

އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދު ބާއްވާ ބައިލެޓަރަލް މިލިޓަރީ އެކްސަސައިޒް ސަމްޕްރިޓީ-އެގާރައިގެ 11 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ފެށި މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ އުމްރޯއީގެ ޖޮއިންޓް ޓްރެއިނިން ނޯޑްގައެވެ.

ސަމްޕްރިޓީ-އެގާރަގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އިންޓަ އޮޕަރޭބިލިޓީ ހާސިލްކޮށް، ޔޫއެން މެންޑޭޓް (ޔޫއެންޕީކޭއޯ) ގެ ޗެޕްޓާ 7 ގެ ދަށުން ސަބް ކޮންވެންޝަނަލް އޮޕަރޭޝަންތަކުގައި ޖޮއިންޓް ޓާސްކް ފޯހެއްގެ ވަޒީފާ އަށް އަހުލުވެރިކުރުވުމެވެ. 170 ސިފައިން ހިމެނޭ އިންޑިއާ އާއި ބަންގްލަދޭޝްގެ ކޮންޓިންޖެންޓުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އެކި އޮޕަރޭޝަންތަކުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އެކްސަސައިޒްގައި ފުރަތަމަ ފިޔަވައްސަކީ ކޮމާންޑް ޕޯސްޓް އެކްސަސައިޒެއް ކަމަށާއި ދެވަނަ ފިޔަވަހީގައި ހިމެނެނީ ވެލިޑޭޝަން އެކްސަސައިޒް އަދި ފީލްޑް ޓްރެއިނިން އެވެ. އަދި އޭގެ ތެރޭގައި ބެޓްލް އިނޮކިއުލޭޝަން ވެސް ހިމެނެ އެވެ. ވެލިޑޭޝަން އެކްސަސައިޒްގައި ޖޮއިންޓް އެކްޓިވިޓީތަކުގެ ތެރޭގައި ކޯޑަން އެންޑް ސާޗް އޮޕަރޭޝަންތަކާއި ރޫމް އިންޓަވެންޝަންސް އަދި ވައިގެ ދަތުރުތައް ހިމެނެ އެވެ. އަދި އާ ޖީލުގެ ހަތިޔާރާއި އާލާތްތައް ދައްކާލައިފައި ވެ އެވެ.

އިންޑިއާ އާއި ބަންގްލަދޭޝް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި އެކްސަސައިޒްގެ ނަމަކީ ސަމްޕްރިޓީ އެވެ. އެންމެ ފުރަތަމަ އެކްސަސައިޒް، ސަމްޕްރިޓީ-1 2009 ވަނަ އަހަރު އިންޑިއާގެ ޖޯރްހަޓްގައި ކުރިއަށް ގެންދިޔަ އިރު، 2022 ވަނަ އަހަރާ ހަމައަށް 10 އެޑިޝަނެއްގައި މި އާދަ ދެމިއޮތެވެ.

މި އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލުމުގެ ގޮތުން، ސަމްޕްރިޓީ-އެގާރަގައި ފާހަގަކޮށްލެވޭ މޮޅު ސިފައިންގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މީގެ އިތުރުން ވޮލީ މެޗަކާއި ކޭމްޕްފަޔަރެއް ފަދަ އެކުވެރިކަމުގެ ހަރަކާތްތަކުގައި ސިފައިން ހަރަކާތްތެރިވެ، ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އެކުވެރިކަން ބަދަހިކުރި އެވެ.

މި ތަމްރީނުތައް ކާމިޔާބުކަމާއެކު ނިމިގެން ދިއުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ދެޤައުމުގެ އަސްކަރިއްޔާގެ މެދުގައި ވިސްނުމާއި އިންޓަރއޮޕަރަބިލިޓީ ކުރިއެރުވުމުގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް