މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަދި ހުޅަނގުބިތަށް ދެމުން އަންނަ ހަމަލާތަކުގައި ގާޒާއިން މަރުވި މުސްލިމުންގެ އަދަދު ތިން ހާހަށް އަރައިފިއެވެ.
ގާޒާއިން އެކަނި މި އަދަދު ތިން ހާހަށް އަރާފައިވާއިރު ހުޅަނގުބިތުން މަރުވި ފަލަސްތީނުގެ މުސްލިމުންގެ އަދަދު ވަނީ 61 އަށް އަރާފައެވެ.
ޒަހަމްވި އަދަދުތަކަށް ބަލާލާއިރު ގަޒާއިން ޒަހަމްވި އަދަދު ވަނީ 12،500 އަށް އަރާފައެވެ. ހުޅަނގުބިތުން ޒަހަމްވި އަދަދު ވަނީ 1،250 އަށް އަރާފައެވެ.
މި މަހުގެ ހަތެއްވީ ހޮނިހިރު ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއަށްފަހު އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ހަމަ އެ ދުވަހު ފަލަސްތީނުގެ މުސްލިމުންނަށް ދޭން ފެށި ހަމަލާތައް އެދުވަހުން ފެށިގެން އަދިވެސް ގެންދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް