ފަލަސްތީނުގެ އެންކްލޭވްގައި ދިގު މުއްދަތަކަށް އިންސާނީ ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރު އދ.ގެ އެޖެންސީން ދީފައި ވަނިކޮށް، އެހީ އާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމަށް ޣައްޒާއަށް އަވަސް އެކްސެސް ބޭނުންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންގާރަ ދުވަހު ބުނެފި އެވެ.
ބްރީފިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ އިރުމަތީ މެޑިޓެރޭނިއަން ރީޖަނަލް އޮފީހުގެ ރީޖަނަލް އިމަޖެންސީ ޑިރެކްޓަރު ޑރ ރިޗަޑް ބްރެނަން ވިދާޅުވީ ޣައްޒާއަށް ވީހާވެސް އަވަހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލުމަށް އެ އެޖެންސީން އަންގާރަ ދުވަހު މިޞްރުގެ މުހިންމު ނިންމުންތައް ނިންމަވާ ފަރާތްތަކާއެކު މަޝްވަރާކުރައްވަމުން ދާކަމަށެވެ. އެ ޖަމިއްޔާއިން މިހާރުން މިހާރަށް މަސައްކަތް ކުރަމުން ދަނީ ޣައްޒާއަށް ބޭނުންވާ ވަރަށް ގިނަ އެހީތަކާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމަށެވެ.
ޣައްޒާއަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ޓަކައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު މަގެއް ކަމުގައިވާ ރަފާ ކްރޮސިންއަކީ ވަރަށް މުހިންމު މަގެކެވެ.
ޑަބްލިއުއެޗްއޯގެ އިރުމަތީ މެޑިޓެރޭނިއަން ރީޖަނަލް އޮފީހުގެ ރީޖަނަލް އިމަޖެންސީ ޑިރެކްޓަރު ޑރ ރިޗަޑް ބްރެނަން ވަނީ ހާލަތުގެ އަވަސްކަން ފާހަގަކުރައްވައި، ޣައްޒާއަށް ވަނުމަށް ކްލިއަރެންސްގެ އިންތިޒާރުގައި މިހާރުވެސް ރަފާގެ ދެކުނުގައި އެ އެޖެންސީގެ އެހީ އެބަހުރިކަން ފާހަގަކުރައްވާފައެވެ.
އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ ރިޗަޑް ޕީޕަރކޯން ވަނީ އިޒްރޭލުގެ ވައިގެ ހަމަލާތައް ދޭން ފެށިފަހުން 2800 މީހުންގެ ފުރާނަ ގެއްލި، އިތުރު 11،000 މީހުން ޒަޚަމްވެފައިވާކަމަށް ވިދާޅުވެފައެވެ. ހައިރާންކުރުވަނިވި ކަމަކީ މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވުމެވެ.
ސިއްހީ ދާއިރާއަށް މިހާތަނަށް 115 ހަމަލާއެއް ދީފައިވާއިރު ޣައްޒާގެ ޞިއްޙީ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ފުނޑިފަ އެވެ. ފެނާއި ކަރަންޓާއި ކްރިޓިކަލް މެޑިކަލް ސަޕްލައިގެ ދަތިކަން އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ޣައްޒާގައި ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެ، ހާއްސަކޮށް ހަކުރު ބަލި ފަދަ ދާއިމީ ބަލިތަކާ ކުރިމަތިލާން ޖެހިފައިވާ 350،000 މީހުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން ތައް އިތުރުވެފަ އެވެ.
ޑަބްލިއުއެޗްއޯ އާއި މިސްރުގެ އިސް ފަރާތްތަކާ ދެމެދު މަޝްވަރާތައް ކުރިއަށްދާއިރު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ވަރަށް ގާތުން މިކަން ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް