ސަލާމަތް ހޯދަން ދެކުނަށް ދާށޭ ބުނެ ރޭގައި އިޒްރޭލުން ހަމަލާދިނީ ދެކުނަށް – 71 މަރު، އެތައް ބަޔަކު އިމާރާތްތަކުގެ ދަށުގައި

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ރޭގައި ދެކުނުގެ ސަރަހައްދަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފިއެވެ. އެގޮތުން ރޭގައި ވައިގެމަގުން ގިނަ ހަމަލާތަކެއް އަމާޒުކޮށްފައިވަނީ ގާޒާގެ ދެކުނުގެ ތިން...

17 Oct 2023 | 07:00

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ރޭގައި ދެކުނުގެ ސަރަހައްދަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

އެގޮތުން ރޭގައި ވައިގެމަގުން ގިނަ ހަމަލާތަކެއް އަމާޒުކޮށްފައިވަނީ ގާޒާގެ ދެކުނުގެ ތިން ސަރަހައްދުކަމުގައިވާ ޚާން ޔޫނިސް އާއި ރަފާ އަދި ދެއިރް އަލް-ބަލާހް ސަރަހައްދަށެވެ.

ރޭގެ އެ ހަމަލާތަކުގައި 71 މީހަކު މަރުވި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު މިހާރުވެސް ތާށިވެފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނަތާ މިއަދަށް 11 ދުވަސް ވާއިރު ރޭގައި ހަމަލާދިން ދެކުނުގެ ސަރަހައްދަކީ ގާޒާގެ ރައްޔިތުން ސަލާމަތް ބޭނުން ނަމަ ދާންވީ ސަރަހައްދުކަމަށް އިޒްރޭލުން ބުނި ސަރަހައްދެވެ. ހާއްސަކޮށް ރަފާ ބޯޑަރު ސަރަހައްދުވެސް ހިމެނޭހެން ރޭގައި ގިނަ ހަމަލާތަކެއް ދިނެވެ.

މި އަދަދުތަކާއެކު ފަލަސްތީނުން މަރުވި މުސްލިމުންގެ އަދަދު މިއަދު ދެ ހާހުން މައްޗަށް ދާނެކަމަށް ބެލެވެއެވެ. ނިސްބަތުން ބަލާނަމަ އެއީ ދުވާލެއްގެ މައްޗަށް 200 މުސްލިމުންގެ މަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް