ރާއްޖެއަކީ ޖުޒާމް ބަލި ނެތް ގައުމެއްކަމަށް ކަނޑައެޅޭ ޝަރުތު ފުރިހަމަވެއްޖެ

ދިވެހިރާއްޖެއަކީ ޖުޒާމް ބަލި ނުވަތަ ލެޕްރަސީ ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން  ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ...

17 Oct 2023 | 04:47

ދިވެހިރާއްޖެއަކީ ޖުޒާމް ބަލި ނުވަތަ ލެޕްރަސީ ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން  ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންގެ މަސައްކަތް ނިމި 2023 ނިޔަލަށް ރާއްޖޭއިން މަދުވެގެން 100 ރަށުގައި ލެޕްރަސީ ނެތްކަން ކަނޑައެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ހިމަނާފައިވާ  ގިނަ ލަނޑުދަނޑިތަކެއް ހާސިލު ކުރެވިފައި ވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ..

މި މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތާއި ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވުނު ކަންކަމާއި "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭގޮތުން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި WHO ގެ ފަރާތުން ވަޑައިގެންނެވި އެކްސްޕާރޓް ޓީމުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި މަސައްކަތުގައި ދެން ކުރިއަށް ދާނެ ގޮތާއި ކުރަންވީ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވަނީ ލަފާ ދެއްވާފައެވެ.

ރާއްޖެއަކީ ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންއަށްފަހު  ރާއްޖޭގެ   ރާއްޖޭގެ178 ރަށެއް ވަނީލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައެވެފައެވެ.

ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ލެޕްރަސީ ބަލި ދެނެގަތުމާއި،  ބައްޔަށް އާއްމުންސްކްރީން ކުރުމާއި  ލެޕްރަސީއަށް ދޭން ޖެހޭ ފަރުވާތަށް އަދި ބައްޔާމެދު ދެކޭގޮތް ބަދަލުކުރުމަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމާއި މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް  އިންޓަރނަލް ވެރިފިކޭޝަން އެސެސްމެންޓް އަދި ބައިނަލް އަޤްވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓާރނަލް ވެރިފިކޭޝަން އެސެސްމެންޓަތައް ކުރިއަށް ގެންދެވިފައި ވާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ..

ލެޕްރަސީ ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރި ބައްޔެކެވެ.

ނަމަވެސް، 1982 ވަނަ އަހަރު ރާއްޖޭގައި ލްޕްރަސީ ބައްޔަށް ބޭސް ތަޢާރަފްކޮށް ރަގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާއިއެކު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.  މިއާއެކު 1997 ވަނަ އަހަރު ،ލެޕްރަސީއަކީ ދިވެހިރާއްޖޭގެ އާންމު ޞިއްޙަތަށް އޮތް ނުރައްކަލެއް ނޫންކަމަށް ދުނިޔޭގެ ހިއްދަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް