މާދަމާ ބައިޑަން އިޒްރޭލަށް ދަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން މާދަމާގެ ވަގުތެއްގައި އިޒްރޭލަށް ދާނެކަމުގައި އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ބުނެފިއެވެ. އޭނާ ބުނެފައިވާގޮތުގައި ބައިޑަން އިޒްރޭލަށް ދަނީ އިޒްރޭލާ...

17 Oct 2023 | 02:40

އެމެރިކާގެ ރައީސް ޖޯ ބައިޑަން މާދަމާގެ ވަގުތެއްގައި އިޒްރޭލަށް ދާނެކަމުގައި އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ބުނެފިއެވެ.

އޭނާ ބުނެފައިވާގޮތުގައި ބައިޑަން އިޒްރޭލަށް ދަނީ އިޒްރޭލާއެކު އެމެރިކާ އޮތްކަމުގެ ޔަގީންކަން އެރުވުމުގެ ގޮތުން ކަމަށެވެ.

އިޒްރޭލަށްފަހު ބައިޑަން އުރުދުންނަށް ދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާއިން އަންނަނީ އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކަށް ހިތްވަރުދީ ވާގިވެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް