ނަތަންޔާހޫ ޕޫޓިން އަށް: ހަނގުރާމަ ހުއްޓާލާނީ ހަމާސް ހަންމަތަކޮށްފައި !

އިޒްރޭލުން ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލާނީ ހަމާސް ޖަމާއަތުގެ ހުރިހާ ބާރެއް ދުއްވާލާފައި ކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ރޭގައި ރަޝ...

17 Oct 2023 | 02:30

އިޒްރޭލުން ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލާނީ ހަމާސް ޖަމާއަތުގެ ހުރިހާ ބާރެއް ދުއްވާލާފައި ކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ރޭގައި ރަޝިޔާގެ ރައީސް ލަޑީމިއާރ ލަޑީމިރޮވިޗް ޕޫޓިން ނަތަންޔާހޫއަށް ކުރެއްވި ފޯނުކޯލުގައި ދެއްކި ވާހަކަތަކުގައި ކަމަށް އިޒްރޭލުން ބުނެއެވެ.

ގާޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޕޫޓިން އެ ކޯލުގައި ގޮވައިލެއްވިއެވެ.

އިޒްރޭލުން ބުނެފައިވާގޮތުގައި ހަމާސް އިން ދިން ހަމަލާގެ ވާހަކައާއި އަދި ހަނގުރާމަ ނުހުއްޓާނެ ކަމަށާއި ހަނގުރާމަ ހުއްޓާނީ ހަމާސްގެ ހުރިހާ ބާރެއް ދުއްވާލާފައިކަމަށް ނަތަންޔާހޫ ޕޫޓިން ގާތުގައި ބުނިކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް