ފަލަސްތީނުގެ ލަވަކިޔުންތެރިޔާ ދަލާލް އަބޫ އަމްނާ، އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަލާހް އަބޫ އަމްނާ، އިޒްރޭލު ފުލުހުން ހައްޔަރުކޮށްފިއެވެ. އަމްނާގެ ލޯޔަރު ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވަނީ އަމްނާ ހައްޔަރުކުރީ އަމްނާ ސޯޝަލް މީޑިއާގައި ކ...

17 Oct 2023 | 02:04

ފަލަސްތީނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަލާހް އަބޫ އަމްނާ، އިޒްރޭލު ފުލުހުން ހައްޔަރުކޮށްފިއެވެ.

އަމްނާގެ ލޯޔަރު ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވަނީ އަމްނާ ހައްޔަރުކުރީ އަމްނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.

އެ ޕޯސްޓްގައި އަމްނާ ބުނެފައިވަނީ " ولا غالب إلا الله " (ނަސްރު ދެއްވާ އިލާހަކީ މާތްﷲ) މި ޖުމްލައެވެ.

މި ޖުމްލަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މައްސަލައިގާ އަމްނާ ހައްޔަރުކޮށް ސުވާލުކުރަމުން އަންނައިރު ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުން އަމްނާ މިހާރު ވަނީ ބޭން ކޮށްފައެވެ. އެގޮތުން އަމްނާގެ ޓްވިޓާ އެކައުންޓްވެސް ބްލޮކްކޮށްފައިވާއިރު ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓްވެސް ވަނީ ބްލޮކް ކޮށްފައެވެ.

އަމްނާ ބުނެފައިވާ އެ ޖުމްލައަކީ 1230 އިން 1492 ވަނަ އަހަރާއި ހަމައަށް ޔޫރަޕްގެ ހުޅަނގުބިތުގައި އޭރު އޮތް މުސްލިމު ވަރުގަދަ އުންމަތެއް ކަމުގައިވާ "އިމާރަތު ގަރްނާތާ" ގެ މޮޓޯއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޖުމްލައެކެވެ.

އަމްނާ ހައްޔަރުކޮށްފައިވާއިރު އަމްނާ އަކީ އިޒްރޭލު ޕާސްޕޯޓުވެސް އޮންނަ ފަރާތެކެވެ. އަމްނާ އަކީ ނިއުރޯ ސައިންޓިސްޓެއްވެސް މެއެވެ. އެހެންނަމަވެސް އަމްނާ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާ ހުށަހަޅާދޭ ގަދީމީ ވައްޓަފާޅީގެ އަރަބި ލަވަތަކުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް