ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލަން އުޅުނު ދެ ގައިދީން ހިފަހައްޓައިފި އެވެ.
އައްސޭރި ޖަލުގައި ބައިތިއްބަނީ އަހުލާގީ ގޮތުން ރަނގަޅު ގައިދީންނެވެ. އެމީހުން އެ ޖަލުގައި ތިބެގެން ތަފާތު މަސައްކަތްތައް ދަސްކޮށް އެ މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައެވެ.
އެފަދަ ބަޔަކު ތިބި ޖަލަކާއި ބެހޭގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ދެ ގައިދީން ފިލަން މަސައްކަތް ކުރީ ފާރުމަތިން ފުންމާލައިގެން ކަމަށެވެ. އެ މީހުން ފިލަން މަސައްކަތް ކުރީ މިރެ އެވެ.
އަހުމަދު ވިދާޅުވީ އެކަން ހިނގަން މެދުވެރިވި ގޮތް ބަލަމުންދާ ކަމަށެވެ. އަދި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިއުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވި އެވެ.
https://twitter.com/ahumadhumohamed/status/1582041751866703872
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް