ލަންކާގެ ނޭވީ އުޅަނދެއް ހަ ފަޅުވެރިންނާއެކު ގެއްލިގެން ހޯދާތާ މަހެއް – ރާއްޖޭގެ އެހީތެރިކަމަށް އެދިއްޖެ

ލަންކާގެ ނޭވީއަށް ނިސްބަތްވާ އުޅަނދެއް ހަ ޕަސިންޖަރުންނާއެކު ގެއްލި، ހޯދަމުން އަންނަތާ މަހެއްހާ ދުވަސްވެފައިވާކަމަށާއި އެންމެ ފަހުން މި ސަރަހައްދުގެ ގައުމުތަކުގެ އެހީއަށް ލަންކާއިން އެދިފައިވާކަމަށް ލ...

17 Oct 2022 | 13:10

ލަންކާގެ ނޭވީއަށް ނިސްބަތްވާ އުޅަނދެއް ހަ ޕަސިންޖަރުންނާއެކު ގެއްލި، ހޯދަމުން އަންނަތާ މަހެއްހާ ދުވަސްވެފައިވާކަމަށާއި އެންމެ ފަހުން މި ސަރަހައްދުގެ ގައުމުތަކުގެ އެހީއަށް ލަންކާއިން އެދިފައިވާކަމަށް ލަންކާ މީޑިއާއިން ބުނެފިއެވެ.

ލަންކާ ނޭވީ ތަރުޖަމާނު ކެޕްޓަން އިންދިކާ ޑި ސިލްވާ އާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ހަ ފަސިންޖަރުންނާއެކު އެ އުޅަނދު 16 ސެޕްޓެމްބަރުގައި ކަނޑަށް ނިކުތީ އާއްމު ޕެޓްރޯލް ދަތުރެއްގައެވެ. އޭގެ އެއް ދުވަސް ފަހުން އެ އުޅަނދާ ގުޅުން ކެނޑިފައިވާކަމަށް ބުނެފައިވެއެވެ.

އެއަށްފަހު އެ ބޯޓު ހޯދުމަށް އެތައް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަމަށް މިހާރު އެދިފައިވާނެކަމަށް ލަންކާ ނޭވީން ބުނެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެ، އިންޑިއާ، އިންޑޮނޭސިޔާ އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

ލަންކާ ނޭވީއާ ހަވާލާދީ ބުނެފައިވާގޮތުގައި އެ އުޅަނދުގެ އިންޖީނު ހުއްޓި ގަދަ އޮއެވަރުގައި ޖެހި މާ ދުރަށް ދިޔައީ ކަމަށް ބެލެވޭ ކަމަށާއި އަދި ލަންކާ އައްސޭރީގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތައް މިހާރު ގިނަ އިރު އެހެން ގޮތަކަށް ކަންތައްވެފައިވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް