މޫސުން އިތުރަށް ގޯސްވެ. ހއ. އަތޮޅުން ބ. އަތޮޅަށް ޔެލޯ އެލާޓު

އުތުރުގެ އަތޮޅުތަކަށް އިތުރަށް މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ކުރިން މިއަދު ހަވީރު5:00 އާއި ހަމައަށް އެ ސަރަހައްދަށް ނެރެފައ...

17 Oct 2022 | 11:27

އުތުރުގެ އަތޮޅުތަކަށް އިތުރަށް މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ކުރިން މިއަދު ހަވީރު5:00 އާއި ހަމައަށް އެ ސަރަހައްދަށް ނެރެފައި އޮތީ ވައިޓް އެލާޓެވެ.

މެޓް އޮޮފީހުން ހއ. ން ބ. އަށް ޔެލޯ އެލާޓު ނެރުނީ މެންދުރު2:30 ން އިރުއޮއްސި6:30 އަށެވެ.

އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން މައުލޫމާތުދެ އެވެ.

މެޓުން ލަފާ ކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. މިހާރު ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެގެންނެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް