ލައިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ބެޑްމިންޓަންގެ 2022 ވަނަ އަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ. މި ޓޯނަމަންޓާކީ ބ...

17 Oct 2022 | 10:24

ބެޑްމިންޓަންގެ 2022 ވަނަ އަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މި ޓޯނަމަންޓާކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން އިންތިޒާމުކޮށް ބާއްވާ އިވެންޓެކެވެ.

ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާރކިޓް އެކުލެވިގެންވަނީ ތިން ލެވެލްއަކަށް ބަހާލެވިފައިވާ 70 ޓޯނަމެންޓެއްގެ މައްޗަށެވެ. މި ލެވެލްތަކަކީ އިންޓަނޭޝަނަލް ޗެލެންޖް (ލެވެލް 1)، އިންޓަނޭޝަނަލް ސީރީޒް (ލެވެލް 2) އަދި ފިއުޗާ ސީރީޒް (ލެވެލް 3) އެވެ.

ކޮންމެ މުބާރާތަކުންވެސް މޮޅުވާ ކުޅުންތެރިންނަށް ބީޑަބްލިއުއީއެފްގެ ޕްއިންޓް ސިސްޓަމްގެ ދަށުން ތަފާތު ރޭންކިންގ ޕޮއިންޓް ލިބޭނެ އެވެ.

މި މުބާރާތުގެ ރާއްޖޭގައި ބޭއްވޭ އިންޓަރނޭޝަނަލް ޗެލެންޖް ކުރިއަށް ދާނީ 18 އިން 23 އޮކްޓޫބަރު 2022 ނިޔަލަށް މާލެ ކުޅިވަރު އެކުވެނީގައެވެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 25 ޤައުމެއްގެ ކުޅުންތެރިން މި ޓޯނަމަންޓުގައި ބައިވެރިވާނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތަކުރަމުން ދާނީ ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އައު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް