ގަތަރުގެ ޝާހީ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއިން ރަށެއް ދޭން އުޅޭ ކަމަށް ބުނެ އޮންލައިން ނޫސް ދިޔަރެސްގައި ޖެހި ހަބަރު ސަރުކާރުން ދޮގުކޮށްފި އެވެ.
އެނޫހަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ޖަހާފައިވާ އެ ހަބަރުގައި ބުނެފައިވަނީ ޝާހީ އާއިލާއަށް ދޭން ރައީސް ނިންމަވާފައިވަނީ ޅަވިޔަނި އަތޮޅުގައި އޮންނަ ދިއްފުށި މައިދޫ ކަމަށް ބުނެފައިވެ އެވެ.
މި ހަބަރާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.
https://twitter.com/MvSpokesperson/status/1581926568053846016
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް