ދުނިޔޭގެ އެންމެ ތީރި 10 އަންހެނުންގެ ލިސްޓު އާންމު ކޮށްފި

ދުނިޔޭގެ އެންމެ ރީތި 10 އަންހެނުންގެ ލިސްޓު އާންމު ކޮށްފި އެވެ. މި ލިސްޓު އާންމު ކުރީ ގޯލްޑަން ރޭޝިއޯ އޮފް ބިއުޓީ އިންނެވެ. އެ ލިސްޓަށް ބަލާއިރު އެއް ވަނަ ލިބުނީ އިނގިރޭސވިލާތުގެ އެކްޓްރެސް ޖޮޑީ ކޮމާ ...

17 Oct 2022 | 08:16

ދުނިޔޭގެ އެންމެ ރީތި 10 އަންހެނުންގެ ލިސްޓު އާންމު ކޮށްފި އެވެ.

މި ލިސްޓު އާންމު ކުރީ ގޯލްޑަން ރޭޝިއޯ އޮފް ބިއުޓީ އިންނެވެ.

އެ ލިސްޓަށް ބަލާއިރު އެއް ވަނަ ލިބުނީ އިނގިރޭސވިލާތުގެ އެކްޓްރެސް ޖޮޑީ ކޮމާ އަށެވެ. އެއީ 94.5 ޕޮއިންޓުނެވެ. ދެވަނަ އެމެރިކާގެ އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ޒެމްޑަޔާ ހޯދީ 94.3 ޕަސެންޓުންނެވެ.

ތިން ވަނަ ހޯދީ ބެއްލާ ހަދީދް އެވެ. އޭނާއަށް ލިބުނީ 94.3 ޕަސެންޓެވެ. އެ ލިސްޓަށް ދެން އަރާފައިވަނީ ބިޔޯންސޭ، އެރިއާނާ ގްރާންޑޭ، އަދި ޓެއިލާ ސްވިފްޓްގެ އިތުރުން ޖޯޑަން ޑަން އެވެ.

ދުނިޔޭގެ އަށް ވަނައަށް އެންމެ ރީތި އަންހެނަކަށް 91.2 ޕަސެންޓުން ހޮވުނީ ކިމް ކާޑޭޝަން އެވެ. ނުވަ ވަނަ ލިބުނީ އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯންއަށެވެ. ލިސްޓުގެ 10 ވަނަ ލިބުނީ ސައުތް ކޮރެއާގެ މަޝްހޫރު މޮޑެލް ހޯޔިއޯން ޖަންގް އެވެ.

ރޭޝިއޯއިން އެކުލަވާލި މި ލިސްޓަށް މީހުން ހޮވި ޕެނަލްގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ސެންޓާ ފޯ އެޑްވާންސް ފޭޝިއަލް ކޮސްމެޓިކްސް އެންޑް ޕްލާސްޓިކް ސާޖަރީގެ އެކްސްޕާޓެއް ކަމަށްވާ ޑރ. ޖޫލިއަން ޑި ސިލްވާ ބުނެފައިވާ ގޮތުގައި އެންމެ ރީތި އަންހެނުން ހޮވަނީ ހަށިގަނޑު ހުންނަ ގޮތަށް ބަލައިގެން ކަމަށެވެ.

އެގޮތުން އެ ވަނަތަކަށް މީހުން ހޮވާއިރު ލޮލާއި، ދަތްދޮޅި، ނޭފަތް، ބުމަ އަދި ކޮލުގެ ޝޭޕަށް ބަލާފައިވާނެ ކަމަށް ބުންޏެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ މީހުން އެބައެއްގެ ސިފައަށް ބަލާ ހޯދާފައިވާ މީހުން ލިސްޓުގައި ހިމަނާފައިވާނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް