ކ. އަތޮޅުން ފެށިގެން އުތުރަށް މިއަދު ކުރިއަށް ހުރި ވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.
މެތް އޮފީހުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަަށެވެ. އެއީ ހެނދުނު 11:00 ން ހަވީރު 5:00 އަށެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި މިވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވެގެން ކުރާ ވިއްސާރައެކެވެ. މޫސުން އަލިވާނެ ކަމަށް ލަފާ ކުރަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް