އަތޮޅު ތެރޭ ހޮސްޕިޓަލުތަކަށް ބިދޭސީ 90 ނަރުހުން ހޯދަނީ

އަތޮޅު ތެރޭގައި ހިންގާ ހޮސްޕިޓަލުތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބިދޭސީ 90 ނަރުހުން ހޯދައިދިނުމަށް އެޖެންސީތަކަށް، ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން މިއަދު ކޮށްފައިވާ ...

17 Oct 2017 | 08:00

އަތޮޅު ތެރޭގައި ހިންގާ ހޮސްޕިޓަލުތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބިދޭސީ 90 ނަރުހުން ހޯދައިދިނުމަށް އެޖެންސީތަކަށް، ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިންގާ ހޮސްޕިޓަލުތަކަށާއި މަރުކަޒުތަކުގައި މަސައްކަތް ކުރާ ގޮތަށް ބިދޭސީ ނަރުހުން ގެނައުމުގެ ފުރުސަތު ބިދޭސީން ގެނައުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށް މިމިނިސްޓްރީގެ އިޢުލާން ނަންބަރު: (IUL)23/PRIV/2015/04 ގެ ދަށުން ބިދޭސީން ގެނައުމަށް މިމިނިސްޓްރީގައި ރަޖިސްޓްރީ (17 އޮކްޓޫބަރު 2017ގެ 12:00ގެ ކުރިން އެޖެންސީ ރަޖިސްޓްރޭޝަން) ކޮށްފައިވާ އެޖެންސީތަކަށް ހުޅުވާލާކަމަށެވެ.

" ވީމާ، ނަރުހުން ގެނައުމަށް ޝައުގުވެރިވާ އޭޖެންސީތަކުން ތިރީގައި ދެންނެވިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ވަނަވަރު 2 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އިންޓަރނޭޝަނަލް ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " ބިދޭސީ ނަރުހުންގެ ވަޒީފާއާއި ގުޅޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ." ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެ އެވެ.

"މަގާމު: ރެޖިސްޓަރޑް ނަރސް

މަގާމުގެ ޢަދަދު: 90

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2500 ރުފިޔާ

ކޮންޓްރެކަޓް މުއްދަތު: 6 މަސް ދުވަސް ( ނޯޓް: މުވައްޒަފުގެ ޕާރފޯމަންސަށް ބެލުމަށްފަހު ކޮންޓުރެކްޓްގެ މުއްދަތު އިތުކުރެވޭނެއެވެ)" ހެލްތު މިނިސްޓްރީގެ އިއުލާނުގައިވާ ބައެއް މައުލޫމާތު.

އެ އިއުލާނުގައި ބުނެފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ތައުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި މަސައްކަތު ތަޖުރިބާ އަންގައިދޭ ލިއުމުގެ ކޮޕީ ހުށައަޅަންވާނެ ކަމަށާއި މި އިޢުލާނުގެ ދަށުން ހުށަހަޅާ ވަނަވަރުތައް ރިވިއު ކުރުމަށް މި މިނިސްޓްރީގައި އެކުލަވާލެވިފައިވާ ކޮމިޓީއަކުން ބެއްލެވުމަށް ފަހު އެ ކޮމިޓީން ތައްޔާރުކޮށްފައިވާ ކްރައިޓީރިއަރތަކާއި އެއްގޮތްވާ ގޮތުގެމަތިން ހޮވާލެވޭ ފަރާތްތަކަށް މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލަށް ރެޖިސްޓްރޭޝަން  ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް