އިރާގާއި ކުރުދީންގެ ދާހިލީ ހަނގުރާމައިގާ ވަކިކޮޅެއް ނުނަގާނަށް: ޓްރަމްޕް

އިރާގުގެ ކުރުދިސްތާނުގެ ކުރުދީން ވަކި ދައުލަތެއް އިއުލާނު ކުރުމަށް ނެގި ވޯޓަށްފަހު އިރާގުގެ މަސްރަހު ގޯސްވެފައިވާއިރު އިރާގުގެ މި ދާހިލީ ހަނގުރާމައިގާ ވަކި ކޮޅެއް ނުނަންގަވާނެ ކަމަށް އެމެރިކާގެ ރައީސް...

16 Oct 2017 | 22:45

އިރާގުގެ ކުރުދިސްތާނުގެ ކުރުދީން ވަކި ދައުލަތެއް އިއުލާނު ކުރުމަށް ނެގި ވޯޓަށްފަހު އިރާގުގެ މަސްރަހު ގޯސްވެފައިވާއިރު އިރާގުގެ މި ދާހިލީ ހަނގުރާމައިގާ ވަކި ކޮޅެއް ނުނަންގަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެްނ ވިދާޅުވެފައިވަނީ ކުރުދިސްތާނާއި އިރާގާއި ދެމެދު ކޮންމެވެސް ވަރަކަށް ހަމަލާތައް ބަދަލުކުރެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

"އެއްވެސް ކޮޅެއް ނުނަގާނަން، އެހެނެސް އެ ކޯޅޭ ކޯޅުމާ އަހަރެމެން ގަޔާނުވޭ" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އާއި ކުރުދީންނާއި ދެމެދު ގާތް ގުޅުމެއް އޮންނަތާ އެތައް އަހަރެއް ވެފައިވާކަމަށާއި އަދި އިރާގަށް އެމެރިކާއިން ވާގިވެރިވާތާވެސް އެތައް އަހަރެއް ވެފައިވާކަމަށެވެ. އެހެންކަމުން އެއްވެސް ކޮޅެއް ނެގެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް