މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ޒިޔަތުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އަދި މާދަމާ ޕޮލިހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން އަދި ނޭނގެ އެވެ.
ޕާސްޕޯޓް ހިފެހެއްޓުމަށްފަހު މިރޭ ޕޮލިހަށް ހާޒިރުވާން އަންގާފައިވާއިރު ފުލުހުން ރޭ ވަނީ އެމްއެމްޕީއާރުސީގެ އޮފީސް ބަލައި ފާސްކޮށްފަ އެވެ. އަދި މި ދިޔަ ބުދު ދުވަހުގެރޭ ފުލުހުން ވަނީ ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި އަށްވަދެ އެ ގެވެސް ބަލައި ފާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް