އަޅުގަނޑު ބޭރުން ހެދި ތަމްރީނުތައް މި ތަހުގީގުގައި އެހީއަކަށްވޭ: އުމަރު ނަސީރު

ތަހުގީގު ކުރުމުގެ ދާއިރާއިން ހަދާފައިވާ ބައިނަލްއަގްވާމީ ތަމްރީނުތަކުގެ ސަބަބުން މިހާރ ކުރަމުން އަންނަ ތަހުގީގު ކާމިޔާބު ކުރުމުގައި އެހީތެރިކަމެއް ލިބޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖ...

17 Oct 2015 | 16:26

ތަހުގީގު ކުރުމުގެ ދާއިރާއިން ހަދާފައިވާ ބައިނަލްއަގްވާމީ ތަމްރީނުތަކުގެ ސަބަބުން މިހާރ ކުރަމުން އަންނަ ތަހުގީގު ކާމިޔާބު ކުރުމުގައި އެހީތެރިކަމެއް ލިބޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މިނިސްޓަރު ވަނީ ކުރިން މިފަދަ ތަމްރީނެއް ހޯއްދެވި ކަމުގެ ލިޔުމަކާއި ކޮންމެވެސް ގައުމެއްގައި މިފަދަ ތަމްރީނަކަށް ގޮސް އުޅުމުގެ ތެރޭގއި ނަގާފައިވާ ފޮޓޯއެއް އާއްމު ކޮށްފަ އެވެ.

https://twitter.com/UmarNaseerPPM/status/655396473610223616

މި މޭރުމުން މިނިސްޓަރު ޓްވީޓް ކުރައްވާފައިވާއިރު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޔާމީން އެކުލައިލެއްވި ރިޔާސީ ކޮމިޝަންގެ ކޯޗެއާކަން ކުރައްވަމުން ގެންދަވަނީ މިނިސްޓަރު އުމަރު ނަސީރުކަން ފާހަގަކޮށްލެވެ އެވެ. އަދި އެ ތަހުގީގު މިހާރު ކުރިއަށްދާއިރު ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް މިނިސްޓަރަށް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް